ދިވެހިރާއްޖެ
ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
GIL/IUL/2017/304ނަންބަރު:
ތާރީޚް: 07 ނޮވެމްބަރ 2017
އިޢުލާން
ގުޅިފަޅުގެ ޖެޓީ ސަރަޙައްދުގައި ތޮށިގަނޑެއް ހެދުމަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން
ގުޅިފަޅު ޖެޓީ ސަރަޙައްދުގެ ފަޅުތެރެއަށް ވެލި ނުވަންނަގޮތަށް ތޮށިގަނޑެއް ޑިޒައިން ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން GIL/IUL/2017/282 (17 އޮކްޓޯބަރ 2017) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކުންފުނީގެ ހެޑް އޮފީހުގައެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލު ވުމުގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3016630 އަށެވެ. އޮފީސް ހުޅުވިފައި ހުންނާނީ އާދިއްތަ އިން ބުރާސްފަތި ދުވަހުގެ 8:00 އިން 16:00 އަށެވެ.
ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް
ހ. ހުޅުގަލި، 4 ވަނަ ފަންގިފިލާ
ކަރަންކާ މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3016630
ފެކްސް: 3016632
އީމެއިލް: [email protected]