މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިރަށުގައި ކޭބަލްޓީވީގެ ޚިދުމަތްދޭނޭފަރާތެއް ހޯދަން ކުރި ނަންބަރު (IUL)278/278/2017/10 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެޢިއުލާން ބާޠިލްކޮށް، މިރަށުގައި ކޭބަލްޓީވީގެ ޚިދުމަތްދޭނޭ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ. މިކަމަށް ޝައުގްވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުޅުވުން

12 ނޮވެމްބަރ 2017 ( އާދީއްތަ) 13:15

15 ނޮވެމްބަރ 2017 (ބުދަ) 13:15

 

                މި އަންދާސީ ހިސާބުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ރީބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުޅުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާފަރާތް ބަޔާންކޮށް ދެފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް އެޓޭޗްކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ތަކެތި ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

                 އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540049 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު މިއިދާރާގެ އީމެއިލް [email protected] އަށް ހުށަހެޅޭނޭ ކަމުގައި ދެންނެވީމެވެ.                

07 ނޮވެންބަރު 2017
ހޯދާ