މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކ. ކާށިދޫއިން ގޯތި ދޫކުރުމާ ގުޅޭ

ދިރިއުޅުމަށްޓަކައި ކާށިދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ ނަމްބަރ (IUL)330-B/330/2017/60) (19 ސެޕްޓެމްބަރ 2017) 

އިޢުލާނާ ގުޅިގެން، ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކުގެ ތެރެއިން ޝަރުޠު ފުރިހަމަ ނުވާތީ ބާޠިލްކުރެވިފައިވާ ފޯމުތައް ހުށަހެޅި ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ތަފްޞީލް ލިސްޓް މި އިޢުލާނާއެކު ޢާއްމުކުރީމެވެ.

            އަދި ދިރިއުޅުމަށްޓަކައި ކާށިދޫއިން ބަންޑާރަ ގޯތި ލިބުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުން މިލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ނަމަ، މިއަދުން ފެށިގެން 14 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ހުށަހަޅުއްވާ ޝަކުވާ ތަފްޞީލްކޮށް ބަޔާންކުރައްވާ ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޞަފަރު 1439

06 ނޮވެމްބަރ 2017

06 ނޮވެންބަރު 2017
ހޯދާ