ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަމްބަރ: (IUL)416-ESMSPR/416/2017/69 (10 އޮކްޓޯބަރ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، 03 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ބަކަރި/ކުކުޅު ގެންގުޅުމަށް ވިޔަފާރި އުސޫލުން ބިން ދޫކުރުން
ބަކަރި، ކުކުޅުހާ ގެންގުޅުމަށް ރަށުގެ އުތުރު ފަރާތު ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އުތުރުން ހުއްދަ ލިބިފައިވާ 01 ބިން (5000 އަކަފޫޓްގެ 01 ބިން) ވިޔަފާރި އުސޫލް އިން 10 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް މަޑަވެލި ކައުންސިލް އިން ނިންމާފައިވާތީ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފްކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
ގދ. މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
12:00 |
އާދީއްތަ |
12 ނޮވެމްބަރ 2017 |
މަޢުލޫމާތު ސާފުކުރުން |
10:00 |
ބުރާސްފަތި |
16 ނޮވެމްބަރ 2017 |
ބީލަން ހުށަހެޅުން |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ތާރީޚުގައި ގަޑިއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.