ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަމްބަރ: (IUL)416-ESMSPR/416/2017/68 (10 އޮކްޓޯބަރ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، 03 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
އޮޑިހަރުގެ އެޅުމަށް ވިޔަފާރި އުސޫލުން ބިންތައް ދޫކުރުން
ރަށުގެ އުތުރު ފަރާތު "ކަނުކޮޑާ" ސަރަޙައްދުން އޮޑިހަރުގެ އެޅުމަށްޓަކައި ހުއްދަ ލިބިފައިވާ 02 ބިން (3000 އަކަފޫޓްގެ 01 ބިން، އަދި 4800 އަކަފޫޓްގެ 01 ބިން) ވިޔަފާރި އުސޫލް އިން 15 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ގދ. މަޑަވެލި ކައުންސިލްއިން ނިންމާފައިވާތީ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
ގދ. މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
11:30 |
އާދީއްތަ |
12 ނޮވެމްބަރ 2017 |
މަޢުލޫމާތު ސާފުކުރުން |
09:30 |
ބުރާސްފަތި |
16 ނޮވެމްބަރ 2017 |
ބީލަން ހުށަހެޅުން |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ތާރީޚުގައި ގަޑިއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.