މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މަސައްކަތު (ތިލަފުށި، އާރަށް، ހުޅުލެ)

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

މާލޭ އޭރިޔާ ތިލަފުށި ޕޯސްޓް

1

ތިލަފުށި

މާލޭ އޭރިއާ ހުޅުލެ ޕޯސްޓް

1

ހުޅުލެ

ޕްރެޒިޑެންޝަލް ގާޑު / އާރަށް

1

އާރަށް

މަޤާމު:

މަސައްކަތު

 

މުސާރަ:

(މަހަކު) -/4865 ރުފިޔާ (ސަރވިސް އެލަވަންސް އަދި އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް އާއެކު ޖުމްލަ މަހަކު 7567.75 ރުފިޔާ)

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި އާރަށް/ގިރިފުށީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކެއިންބުއިމާއި އެކަމަޑޭޝަން ހަމަޖައްސައިދެވޭނެއެވެ. 

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،2017 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާއަށްއެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724  ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

                        17 ޞަފަރު 1439 

06 ނޮވެންބަރު 2017
ހޯދާ