ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ޕްރޮޖެކުޓް އޮފިސަރ (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)433-AFI/433/2017/05) 

ތާރީޚު: 05 ނޮވެންބަރު 2017

 

މަޤާމް

ޕްރޮޖެކުޓް އޮފިސަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -10,000  ރުފިޔާ

ސެކްޝަން/ޔުނިޓް/ތަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން، އަދި ރެކޯޑް މެނޭޖްމެންޓް ސެކްޝަން

މަގާމުގެ މަސްޢޫލިއްޔަތު

- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު ޢަދާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ކަނޑައަޅާ އާރކައިވްސް، ޕްރިޒަރވޭޝަން، ޑިޖިޓަލައިޒޭޝަން، އެޑްމިނިސްޓްރޭޓިވް، ޕްރޮކިއުމެންޓް އަދި މިނޫނަސް އެވަގުތަކަށް ކޮންމެހެން ކުރަންޖެހިގެން ޤައުމީ އަރުޝީފުން ކަނޑައަޅާ މަސައްކަތްތައް ކުރުން

މަގާމުގެ ޝަރުތު

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ އެއަށް ވުރެމަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށްބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުން ލިބެން ހުންނާއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހަންޖެހޭ ފަދަ ސެޓްފިކެޓްތަކުގައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާއިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

14 ނޮވެންބަރު 2017 ވާ އަންގާރަ ދުވަހުގެ 14:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3010966/3010930 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށައަޅުއްވާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީ ބަޔަށެވެ. ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުގެ އިދާރީ ބައިންނާއި (މ. ވައިނުޖެހޭގެ 1 ގެ 03 ވަނަ ފަންގިފިލާ)، ރެކޯޑް މެނޭޖްމެންޓް ސެކްޝަން (ޤައުމީ ދާރުލްއާސާރު ޢިމާރާތުގެ 02 ވަނަ ފަންގިފިލާ) އިން ލިބެން ހުންނާއެވެ. ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

  

05 ނޮވެންބަރު 2017
ހޯދާ