ދިވެހިރާއްޖެ
ނަންބަރު: IUL)22-G/22/2017/64)
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކް ޢިމާރާތުގެ ގްރައުންޑް ފްލޯރ ގެ ބައެއް އިންޓީރިއަރ މަސައްކަތް ކުރުމާ ގުޅޭ (އިސްލާޙްކުރެވިފައި)
މޯލްޑިވްސް ޕޮލިޓެކްނިކް ޢިމާރާތުގެ ގްރައުންޑް ފްލޯރ ގެ ބައެއް އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޤާޒީ ބިލްޑިން ގްރައުންޑް ފްލޯ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީ ހިސާބު ހުށަހެޅުމަށް  | 
| 
 05 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހު 13:00އަށް  | 
 09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341126 ނަމްބަރ ފޯނާއެވެ.
