ދިވެހިރާއްޖެ
ގާފަރު ސްކޫލް
ކ.ގާފަރު ނަންބަރު: GS147-C/2017/10
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ
01 ޖެނުއަރީ 2018 އިން ފެށިގެން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން ނަންބަރު GS147/-C/2017/07 އާ ގުޅިގެން އެކަމަށް އެދި އަންދާސީ ހިސާބު ހުށައަޅާފައިވަނީ ޝަރުތުހަމަވާ އެންމެ ފަރާތެއްކަމުގައިވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން 01 ޖެނުއަރީ 2018 އިން ފެށިގެން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގާފަރު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 |
15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
16 ޞަފަރު 1439