ދިވެހިރާއްޖެ
ނަންބަރު: DHAH/2017/12
އިޢުލާން
ދ.އަތޮޅު ހޮސްޕިޓަލް ފޮޅާސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލް ފޮޅާ ސާފުކޮށް ބަލަހަށްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު DHAH/2017/011 ނަންބަރު އިއުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިއުލާން ބާތިލްކޮށް، 2 އަހަރުދުވަހުގެ މުއްދަތަށް މިހޮސްޕިޓަލް ފޮޅާ ސާފުކޮށް ބަލަހަށްޓާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (07 ނޮވެމްބަރ 2017) |
10:30 ގައި |
ހޮސްޕިޓަލް މީޓިންގ ރޫމް |
އެސްޓިމޭޓް ހުށަހެޅުން (13 ނޮވެމްބަރ 2017) |
10:30 ގައި |
ހޮސްޕިޓަލް މީޓިންގ ރޫމް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަ ނޭޅުއްވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނެވުމަށް ދަންނަވަމެވެ.
13 ސަފަރު 1439
02 ނޮވެމްބަރ 2017