ދިވެހިރާއްޖެ
އިޢުލާން
- ރަތަފަންދޫ ސޯސަންމަގާއި އިތުބާރު މަގާއި ދެމެދު މެރިންރޯޑަށްވާގޮތަށް އޮތް ވިޔަފާރި 1 ނަމްބަރ ބިން ކުއްޔަށްދޫކުރުން
ރަތަފަންދޫ ވިޔަފާރި ސަރަހައްދުގެ 1 ނަމްބަރ ބިން މިހާރު އެބިމުގައި ރާނާފައިވާ ޢިމާރާތްތަކާ އެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 9 ނޮވެމްބަރ 2017 ބުރާސްފަތި ވަހުގެ ހެދުނު 10:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.
# |
ބިމުގެ ނަމްބަރ |
ބިމުގެ ބޮޑުމިން |
ދޫކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
1 |
ވިޔަފާރި ސަރަހައްދު 1 ނަމްބަރ |
2000 އަކަފޫޓް |
1000.00 ރުފިޔާ |
ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފްސީލް
1- ގާގަޑު 25 x 25 އުސް 10 ފޫޓުގެ އިމާރާތެއް ކުރުމަށް ރާނާފައިހުރި .
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށްގަސްތު ކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ވެދެއްވާނެ އެހީ ހުށަހަޅުއްވަން ވާނެއެވެ.
- އިސްވެ ދެންނެވުނު ބިމުގައި ނުކުރެވޭނެ ކަންތައްތައް
1- އިންޖީނުފަދަތަކެތި މަރާމާތު ކުރުމުގެ މަސައްކަތް
2- އަޑުގަދަ މެޝިނަރީ ތަކުގެ ބޭނުންކުރުން
3- ވޯކްޝޮޕް ފަދަތަންތަން ހިންގުމާއި ތެލުގެ ވިޔަފާރިކުރުން
- ބިންތަރައްގީކުރުން
ރަތަފަންދޫ ވިޔަފާރި ސަރަހައްދު 1 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިންކުއްޔަށް ހިފާތާ ލަސްވެގެން 6 މަސްދުވަހުގެ ތެރޭ ތަނުން ޚިދުމަތް ދިނުމަށްޓަކައި މަސައްކަތް ފަށަން ޖެހޭނެއެވެ.
- ތަނުގެ ޚިދުމަތްދޭން ފެށުން
ލަސްވެގެން 2 އަހަރުދުވަހުގެތެރޭގައި ތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ވާނެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ 6 މަސް ދުވަހުގެ ކުލި ކައުންސިލަށް ދައްކަންޖެހޭނެއެވެ.
- ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ
1- ކޮމްޕެނީ ޕްރޮފައިލް
- މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟
2- އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ ކަމަށް އެކަށީގެންވާ ފަރާތެއްތޯ ؟
- މާކްސް ދެވޭގޮތުގެ ތަފްސީލު:
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސެދެވޭގޮތް |
ތަފްޞީލް |
ހުށަހަޅާ މަހުކުއްޔަށް |
60% |
v ހުށަހަޅާ މަހުކުއްޔަށް ދެވޭ މާރކްސް v މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.
|
ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން |
20% |
v ބިމުގެ ވަށާ އިންފާރު 2 ފޫޓް އުސްމިނަށް ރޭނުން v މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. |
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
20% |
v އިޖުތިމާޢީ ކަންކަމަށް ދެވޭޢިނާޔަތު v މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެރަގަޅު ހުށަހެޅުމަކީ ބެންޗް މާރކު ކަމަށްބަލައިގެން ކަޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައިބަހާ ލައިގެންނެވެ. v މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެރަގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތަށެވެ . |