ދިވެހިރާއްޖެ
ނަންބަރ: (IUL)IM/1/2017/41
މިސްކޫލްގައި ސީސީޓީވީ ކެމެރާ އަދި ޑޯލޮކް ސިސްޓަމް ހަރުކުރަން ބޭނުންވެގެން ކުރެވުނު މިސްކޫލްގެ އިޢުލާން ނަންބަރ: (IUL)IM/1/2017/39 ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެއިޢުލާން ބާތިލްކޮށް މިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.