ދިވެހިރާއްޖެ
އިޢުލާން
ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީންދެވޭ ދާއިރާ: |
ފަންޑަމެންޓަލްސް އިން ލައިބްރަރީ ސަރވިސަސް |
އަމާޒުކުރެވިފައިވާ ފަރާތްތައް: |
ޝައުގުވެރިވާ ފަރާތްތަކަށް |
ތަން: |
އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް، ޤައުމީ ކުތުބުޚާނާ |
މުއްދަތު: |
2017 ނޮވެންބަރު 15 ން 30 ށް |
ޖާގަ: |
20 |
މިތަމްރީންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅުއްގެ ސީވީ [email protected] އަށް 2017 ނޮވެންބަރު 09 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީން ޕްރޮގްރާމްއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3007282) އަށެވެ.
09 ޞަފަރު 1439