މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފާމަސީ ހިންގުމާ ބެހޭ

ފާރމަސީ ހިންގުމަށް ހުއްދަދެނީ ، ޤާނޫނު ނަންބަރު 78/60  ( އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ޤާނޫނު) އާއި ޤާނޫނު  ނަންބަރު 78/75 ( ބޭހުގެ  ބާވަތްތައް  ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމާ ބެހޭ ޤާނޫނު) ގެ ދަށުންނެވެ. ފާރމަސީއެއް ހިންގަން ފެށްޓޭނީ، އެ ފާރމަސީއަކަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން  ދޫކުރާ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކުރާ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ އެ ފާރމަސީއަކަށް ލިބުމުންނެވެ.

އެހެންކަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ގަވާއިދާ ޚިލާފުވާ ފާރމަސީގެ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އެ މިނިސްޓްރީން ބާޠިލު ކުރައްވައިފިނަމަ، މި އޮތޯރިޓީން އެ ފާރމަސީއަކަށް ދޫކޮށްފައިވާ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ސަސްޕެންޑް ވާނެއެވެ. މި ހުއްދަ ސަސްޕެންޑްވެފައި އޮންނަ މުއްދަތުގެ ތެރޭގައި  އެ ފާރމަސީއަކަށް ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށާއި ދެން އެ ފާރމަސީއަކަށް ވިޔަފާރި ކުރެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން  އެފާރމަސީއަށް ހުއްދަ ދެއްވުމުންކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ރަބީއުލްއާޚިރު   1434

18 އޭޕްރިލް 2013
ހޯދާ