ދިވެހިރާއްޖެ
c
މުލަކު ސްކޫލް
މ.މުލައް
ދިވެހިރާއްޖެ ނަންބަރު:GS166/IUL/2017/20
2018 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
2018 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 12 ނޮވެމްބަރ 2017 ވާ އާދީއްތަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ނޮވެމްބަރ 2017 ވާ ބުދަދުވަހުގެ 11:00 އަށް ބިޑްހުށަހެޅުއްވުމަށް މިސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑްތަކާއި އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ބިޑްހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިކަމަށްއެދި ބިޑްހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
12 ޞަފަރު 1439ހ
01 ނޮވެމްބަރ 2017މ
ޠާހާ މުޙައްމަދު
ޕްރިންސިޕަލް