ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ 4 ނަމްބަރު ބިން ކުއްޔަށް ދޫކުރުން

އިޢުލާން

  • ރަތަފަންދޫ ސިނާޢީ ސަރަޙައްދު 4 ނަމްބަރ ބިން ކުއްޔަށްދޫކުރުން

             ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 4 ނަމްބަރ ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާ އެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.

             ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 8 ނޮވެމްބަރ 2017 ބުދަދުވަހުގެ ހެދުނު  10:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.

 

#

ބިމުގެ ނަމްބަރ

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ސިނާޢި ސަރަހައްދު 4  ނަމްބަރ ބިން މިހާރު ތަނުގައި ހުރި ޢީމާރާތް ތަކާއެކު

4000 އަކަފޫޓް

 1500.00 ރުފިޔާ

 

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފްސީލް

1- ނަމބަރ ކޮޓަރި 16×9 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުންއަޅައި ތަޅުމުގައި މުށިޖަހައި ރެއިންބޯ ދޮރުފަތެއް ހަރުކޮށް ފައި ތަޅު ހަލާކުވެފައި އަދި މިކޮޓަރީގެ ތެރޭގައި  ½ 5 × ½ 4  ގެ ފާޚާނާއެއް ތަޅުމުގައި މުށިޖަހައި ފާޚާނާގެ ތައްޓާއި ދޮރުފަތް ރަގަޅު ތަޅު ހަލާކުވެފައި ( އެއްވެސް ސޮކެޓެއް އަދި ސްވިޗެއްނެތް ) ނޯޓް :މިކޮޓަރީގެ ހުލަނގު ދެކުނު ކަންމައްޗަށްވާގޮތަށް ރެދެއް އަޅައިވަނީ ކަނޑައިގެންގޮސަފައެވެ.

2- ޢިމާރާތް 20×54.58 ފޫޓުގެ ) އެތެރޭގައި 3 ކޮޓަރި ހިމެނިފައި ) އެޅިގަލުންރާނައި ސިމެންތިޖަހައި ޖަންގަލީ ލަކުޑިއާއި ރުއްވަކަރުން މަތިވަޑާން އަރުވައި ދަގަނޑު ޓިނުން ހިޔާކޮށްފައި .

1- ކޮޓަރި 20×19.08 ފޫޓުގެ އެތެރޭގައި  6×7 ފޫޓުގެ ފާޚާނާއަކާއި އެކު އެތެރޭގައި ސިމެންތި ޖަހައި ތަޅުންއަޅައި ތަޅުމުގައި މުށިޖަހާފައި ދޮރުފަތެއްނެތް އަދި އެތެރޭގައި އެއްވެސް އެއްޗެއްނެތް .

1- ކޮޓަރި 20 × 20.25 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅާފައި ދޮރުފަތެއްނެތް .

1- ކޮޓަރި 12×20 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅާފައި ދޮރުފަތެއްނެތް .

1-ފެންވަޅު  4 ފޫޓް ޑައިމީޓަރުގެ ގޯތިތެރޭގައި

2-ޓޭންކް 4×7.5 ފޫޓުގެ އުސް 3 ފޫޓް އެތެރޭގައި މުށިޖަހާފައި ގޯތިތެރޭގައި .

1-ޓޭންކް މަސްދޮންނަބަޔާއެކު 4×11 ފުޓުގެ އެތެރޭގައި މުށިޖަހާފައި

1-ހައުސްމީޓަ ކަރަންޓްގުޅިފައި

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށްގަސްތު ކޮށްފައިވާގޮތް ކުއްޔަށް  ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ވެދެއްވާ ނެ އެހީ ހުށަހަޅުއްވަން ވާނެއެވެ.

  • އިސްވެ ދެންނެވުނު ބިމުގައި ނުކުރެވޭނެ ކަންތައްތައް

1-ލުއި ކާނާގެ ބާވަތް ތަކުގެ ކާބޯ ތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .

 

  • ބިންތަރައްގީކުރުން

ރަތަފަންދޫ ސިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިންކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭ ބިމުގެ ވަށާފާރު ރޭނުމަށްޓަކާ އަޅަންޖެހޭ ފައުންޑޭޝަންއަޅާ ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެތެރޭ ½3 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނާ ނިންމަންޖެހޭނެއެވެ.

 

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

  ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ 6 މަސް ދުވަހުގެ ކުލި   ކައުންސިލަށް ދައްކަންޖެހޭނެއެވެ.

 

  • ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ

1- ކޮމްޕެނީ ޕްރޮފައިލް

  • މިއިދާރާއިން  ބަލާނެ ކަންތައްތައް

1-ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

 

  • މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

ހުށަހަޅަ މަހުކުއްޔަށް

60%

v      ހުށަހަޅާ މަހުކުއްޔަށް ދެވޭ  މާރކްސް  

v      މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ  ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު  އަގަށެވެ.

 

ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން    

20%

v      ބިމުގެ ވަށާ އިންފާރު 2 ފޫޓް އުސްމިނަށް  ރޭނުން    

v      މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

20%

v      އިޖުތިމާޢީ ކަންކަމަށް ދެވޭޢީނާޔަތު    

v      މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެރަގަޅު ހުށަހެޅުމަކީ  ބެންޗް މާރކު ކަމަށްބަލައިގެން  ކަޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައިބަހާ ލައިގެންނެވެ.

v މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެރަގަޅު ހުށަހެޅުމެއް  ހުށަހަޅާފައިވާ ފަރާތަށެވެ . 

                              

                    

                                                                                                        

                                                                         

 

                                                                                                                               

30 އޮކްޓޫބަރު 2017
ހޯދާ