ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން މަސައްކަތު މީހުން ނެގުމާގުޅޭ:

މަޤާމް :    

މަސައްކަތު .

ބޭނުންވާ ޢަދަދު :

02 (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން)

މަޤާމުގެ ގިންތި:

ވަގުތީ     (ކޮންޓްރެކްޓް މުއްދަތު: 1 އަހަރު)

މަޤާމުގެ ރޭންކް :

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:   

ސަޕޯޓް ސްޓާފް .ގްރޭޑް.1

މަޤާމް އޮތް އޮފީސް :     

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް 

ވަޒީފާ އަދާ ކުރަންޖެހޭ ތަން :

ދ.ކުޑަހުވަދޫ މިސްކިތްތައް - ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

 

މަޤާމުގެ މުސާރަ:              

6000.00 ރުފިޔާ (މަސައްކަތައް ނިކުންނަ ގަޑިއަކަށް 40.00 ރުފިޔާ)

އަސާސީ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ:

1-    ކޮންމެނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތައްގޮސް

މިސްކިތާއި ވަޅުދޮށް،އިސްކުރުބަރި ފާޚާނާހުރިނަމަ ފާޚާނާސާފުކުރަންވާނެއެވެ.

އަދި ނަމާދުކޮށްނިމުމުން 15 މިނިޓް މަޑުކޮށް ކުރަން ހުރި މަސައްކަތްކުރުން

2-              މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތާއިބެހޭ ހުރިހާ

ކަމެއްކުރުން (ވަޅުދިޔަހިއްކާނީ މަހަކު 1 ފަހަރު ނުވަތަ ހަޑިވުމުން)

އަދި ދޭތެރެދޭތެރެއިން ފުރާޅުގެ ދިޔަދޮވި ސާފުކުރުން 

3-           ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ

ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން

ހުންނަ މަގުތައް ކުނިކަހާ  ވިނަނޮޅާ ކުނި  އުކާލުމުގެ  މަސައްކަތް

 ކުރުން  އަދިމީގެ އިތުރުން މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް

ކުރުން (މިސާލަކަށް ފެންއިސްކުރު ބަދަލުކުރުން، ފަންކާ ބޮކި ހޮޅިބުރި

 އެނދުމުން ބަދަލުކުރުން،  މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ 

އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދު،ކުލަލާ  ހެދުން  މިފަދަ އެކިއެކި

ކުދިކުދި މަރާމާތުތައް ކުރުން)

 

4-     އިމާމު/މުދިމު އަންގާގޮތެއްގެ މަތިން ބިއްލޫރި ލެވިފައިވާ ތަންތަނާއި،ހޮޅިބުރި

ފަންކާ ކަބަޑުތައް ފޮޅާސާފުކުރުމުގެ މަސައްކަތް ކުރުން، އަދި ހޮޅިބުރިތަކާއި، ފަންކާތައް އޮފީހުން ހަމަޖައްސާ އުޞޫލަކުން ދިއްލާ ނިއްވުން.       

5-     މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/މުދިމް އަށާއި،

ރަށު ކައުންސިލް އިދާރާއަށްއަންގަމުން ގެންދިއުމާއި،ރަށުކައުންސިލް 

އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ

 ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.                                   

6-  ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި

ގޯތިތެރެއަށް ފެންޖެހުން .              

7-      ކައުންސިލް އިދާރާގައި އޮންނަ ހާޒިރީއާއި، މިސްކިތުގައި އޮންނަ ނަމާދު ހާޒިރީގައި ޤަވާއިދުން ސޮއިކުރުން. 

    

           

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް  :

ސަޕޯޓް ސަރވިސް (އެސް.އެސް 1 އިން އެސް.އެސް 5 އަށް)

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިފާ އިތުރު ތަޢުލީމު

25

12

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

14

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

35

16

އެހެނިހެން ތަޖުރިބާ

20

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

48

ޖުމްލަ

210

100

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-       ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް    އެޑްރެސް ހިމެނޭގޮތަށް)

3-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ

   ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ

   ފަދަ ކޮޕީއެއް.

4-       ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް

    މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން

   ވީއްލުމައި މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

5-       ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ  ސެޓުފިކެޓުތަކުގެ ކޮޕީ    (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ 

 ތަޢުލީމުދޭ  މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ   ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު

ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ

ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން

   ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ 

ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން

ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ   އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް، އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެމްބަރ 09 ވާ ބުރާސްފަތިދުވަހުގެ 14.00 ގެ ކުރިން، ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2017 ނޮވެމްބަރ 12

އާއި 2017 ނޮވެމްބަރ 16 އާ ދެމެދު، މަލްޓިޕާޕަސްގެ ބިލްޑިންގ  ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރިޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 07 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މި މަޤާމަށް އެދިފައިވާ މީހާއަށް، ވަޒީފާއަށް ވަނުމަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6760522 ނަންބަރު ފޯނާއެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.

 

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

11 ޞަފަރް 1439ހ.

31 އޮކްޓޯބަރ 2017މ.

31 އޮކްޓޫބަރު 2017
ހޯދާ