ދިވެހިރާއްޖެ
މިސްކޫލްގެ ނަމްބަރ (23އޮކްޓޯބަރ2017) GS-65-A/2017/27 އިޢުލާންއާއި ގުޅިގެން އެއްފަރާތަކުން މަޢުލޫމާތު ސާފްކުރުމަށް ހާޟިރުވެފައިވާތީ ،2018 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ގޮތަށް ގެއެއް ކުއްޔަށް ހިފުމަށް އިޢުލާންކުރަމެވެ.
- 3 ނިދާކޮޓަރި ( ފަރުނީޗަރާއި)
- ފާޚާނާ ( ފާޚާނާގެ ފިޓިންގސް އާއި އެކު )
- މަދުވެގެން 2 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން
- ސިޓިންގރޫމް ( ފަރުނީޗަރާއި އެކު )
- ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން
- ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
- ބަދިގެ ( ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި ، ހިފައިގެންގުޅޭ ސާމާނާއެކު )
- ގޭތެރޭ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.
ވީމާ، ގެ ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
12 ނޮވެމްބަރ 2017 |
އާދިއްތަ |
10:30 |
އަންދާސީހިސާބު ހުށަހެޅުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
14 ނޮވެމްބަރ 2017 |
އަންގާރަ |
10:30 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
12 ޞަފަރު 1439
01 ނޮވެމްބަރ 2017