ދިވެހިރާއްޖެ
މާލޭ ނޯތް ހާބަރު ސަރަހައްދުގައި ހުރި 3 (ތިނެއް) ގުދަން ކުއްޔަށް ދިނުމަށް ބޭނުންވެ ކުރެވުނު ނަމްބަރު: 113-PRC/I-2017/079 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާކުރަމެވެ.
ވީމާ، މި ތަންތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކުންފުނި ތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
05 ނޮވެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 |
09 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.