މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީ އަށް މަސައްކަތު މީހުންނާއި ޕިކަޕް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީ އަށް މަސައްކަތު މީހުންނާއި ޕިކަޕް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް 09 އޮކްޓޯބަރ 2017 ގައި ކުރެވުން ނަންބަރު IUL 23-AP/23/2017/167 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ދެ ފަރާތް ފިޔަވާ އެހެން ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލްވެފައިވާތީ، ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ނޮވެމްބަރ 08 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެމްބަރ 15 ވާ ބުދަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޞަފަރު     1439    

 

31 އޮކްޓޫބަރު 2017
ހޯދާ