ދިވެހިރާއްޖެ
މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/INDIV/2017/22 (04 އޮކްޓޯބަރު 2017) އިއުލާނާގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިއުލާން ވަނީ ބާތިލްކުރެވިފައެވެ.
އދ. ފެންފުށީ ވޮލީ ކޯޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ނޮވެމްބަރު 2017 ވާ ހޯމަ ދުވަހުގެ 14:00ށް އދ.ފެންފުށީ ކައުންސިލް އިދާރާގެ މީޓިންގް ރޫމަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 06 ނޮވެމްބަރު 2017 ވާ ބްރާސްފަތި ދުވަހުގެ 14:00ށް މިކައުންސިލް އިދާރާގެ މީޓިންގް ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވެވީމެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރުމަށް ބޭފުޅަކު ވަޑައިގަންނަވާނަމަ ކުންފުނީ ބޭފުޅެއްކަން ބަޔާންކުރާ ސިޓީއަކާއިއެކު ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު އައިޑީކާޑު ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމަވެ. މައުލޫމާތު ސީޓު ވިއްކުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ކޮންމެ ފަރާތަކަށް -/200 ރ (ދުއިސައްތަ ރުފިޔާ)،އަށެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
10 ޞަފަރު 1439
30 އޮކްޓޯބަރު 2017