ދިވެހިރާއްޖެ
މަޤާމް :އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް | |
---|---|
ބޭނުންވާ އަދަދު :20 | |
އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް
މެޑިކަލް ޕްރެކްޓިސް ފެށުމައްޓަކައި އެމް.ބީ.ބީ.އެސް ނިންމުމަށްފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބަލައިގަންނަ އިންސްޓިޓިއުޓް އަކުން 52 ހަފްތާގެ އިންޓާރންޝިޕް ޕްރޮގްރާމެއް ހެދުމަށް ލާޒިމްވެއެވެ. ބައެއް ޤައުމުތަކުގައި އެމް.ބީ.ބީ.އެސް ހަދާ ދިވެހި ކުދިންނަށް ކިޔަވާ ނިމުމުން މި ފުރުސަތު ފޯރުކޮށްނުދެވޭތީ، ދިވެހި ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި މިކުދިންނަށް ބޭރުގެ ޤައުމުތަކުން މި ފުރުސަތު ހޯދައިދެމުން އައިސްފައިވެއެވެ. ނަމަވެސް މިކަމުގައި ބައެއް ދަތިތައް ދިމާވެ ގިނަދުވަހު އިންޓާރންޝިޕް ނުފަށާ މަޑުކުރަންޖެހޭތީ، އިންޓާރންޝިޕް ހެދުމުގެ ފުރުސަތު 11 ޖެނުއަރީ 2018 އިން ފެށިގެން އައި.ޖީ.އެމް.އެޗް ގައި ހެދޭނެގޮތް މިނިސްޓަރ އޮފް ހެލްްތް ވަނީ ޢިއުލާނު ކުރައްވާފައެވެ. އެހެންކަމުން މެޑިކަލް އިންޓާރންޝިޕް 11 ޖެނުއަރީ 2018 ގައި ރަސްމީކޮށް ފެށޭނެކަން އެންގުމަށްޓަކައި ޢިއުލާނު ކުރަމެވެ.
މިގޮތުން މިއިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 5 ނޮވެމްބަރުން 2017 ގެ 00:00 ން ފެށިގެން 05 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލެވިގެން ދާނެއެވެ.
އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:
އެމް.ބީ.ބީ.އެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކުރައްވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓާރންޝިޕް" ސެޓްފިކެޓް ލިބިފައިވުން.
އިންޓާރންޝިޕްއަށް އެދި ހުށަހަޅާ ފޯމް:
އިންޓާރންޝިޕްއަށް އެދި ފޯމް ހުށަހަޅާނީ(https://igmh.gov.mv/internship) މިލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ. އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 20 ފަރާތަކަށެވެ.
ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މެޑިކަލް އަންޑަރގްރެޖުއޭޓް ކޮމްޕްލީޝަން ޑޮކިއުމަންޓް.
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓާރންޝިޕް ސެޓްފިކެޓް"
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު / ޕާސް ޕޯޓް ކޮޕީ.
- ޕޮލިސް ކްލިއަރެންސް.
6 ސަފަރު 1439
26 އޮކްޓޯބަރ 2017