ދިވެހިރާއްޖެ
ރ.އިނގުރައިދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއްހޯދުމާއި ގުޅޭ
ރ.އިނގުރައިދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ރ.އިނގުރައިދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކުން 07 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހު މެންދުރުކުރި 10:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ނުވާނަމަ ކުންފުނީގެ ފަރާތުން ފޮނުވި ފަރާތެއްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުމެއް އަދި އަމިއްލަ ފަރުދެއްނަމަ ވެރިފަރާތް ހާޒިރުވެ ނުވެލައްވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.
ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދަސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- Ø މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
- Ø ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
- Ø ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް
- Ø މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް އަދި ސޮއިކޮށްފައިވާ އަންދާސީ ހިސާބުތަކުގެ އަސްލު ހުށަނާޅާ ފަރާތްތައް ބާޠިލްވާނެއެވެ.
ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް
- މަސައްކަތުގެ އަގަށް: 75 ޕަސެންޓް
- މަސައްކަތުގެ ތަޖުރިބާ: 15 ޕަސެންޓް
- މަސައްކަތް ކުރުމަށް ހެދަވާ މުއްދަތު: 10 ޕަސެންޓް
- ތަޖުރިބާގެ ގޮތުގައި ބެލޭނީ، ދާއިރާ އާއި ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކުންނެވެ. އަދި ކޮށްފައިވާ މަސައްކަތްތައް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓާރއަށް ބަލާފައެވެ.
ރ.އިނގުރައިދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މި އިދާރާގެ ނަންބަރ: (IUL)309-AHI/309/2017/34 (25 އޮކްޓޯބަރ 2017) އިޢުލާނާއި ގުޅިގެން ބޭއްވި ބިޑު ބައްދަލުވުމަށް އެއްވެސް ފަރާތަކުން ޙާޒިރުނުވުމުގެ ސަބަބުން އެއިޢުލާންގެ ބިޑް ބާތިލްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 8:30 ން މެންދުރުފަހު 13:45 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.