ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. ހިންނަވަރު ޞިއްޙީމަރުކަޒަށް ސ. ރެޖިސްޓަރޑް ނާރސްއެއްގެ މަޤާމަށް މީހަކުހޯދުން

.ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްުވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް ފަރާތެކެވެ.

ސީނިއަރ ރެޖިސްޓަރޑް ނަރސް

މަޤާމް:

J-249846

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް އެސް 2

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

ނަރސިންގ ސަރވިސް ޔުނިޓް

ސެކްޝަން:

ޅ. ހިންނަވަރު ޞިއްޙީމަރުކަޒު

މަޤާމް އޮތް އޮފީސް:

ޅ. ހިންނަވަރު ޞިއްޙީމަރުކަޒު   

ވަޒީފާ އަދާކުރަންޖެހޭ ތަން:

6295.00 ރުފިޔާ

މުސާރަ:

2500.00 ރުފިޔާ

ސާރވިސް އެލަވަންސް:

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ ގެ ޚިދުމަތް.

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

4-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުގެ ޑިޔުޓީ އެލަވަންސް އަދި ރިސްކް އެލަވަންސް.

އިތުރު ޢިނާޔަތް:

-          ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުމާއި، ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ބޭނުންތަކަށާއި، ނަފްސާނީ ބޭނުންތަކަށާއި، އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

-          ނާރސިންގ ޕޮލިސީ  ރާވާ ހިންގުމާއި ، ނާރސިންގ ސާރވިސަސް އާއި ބެހޭ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލާ ސްޕަރވައިޒްކުރުން.

-          ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި، ރިފަރކޮށްފައިތިބޭ މީހުން އެ ޑޮކްޓަރަކަށް އެންގުން.

-          ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާއާއި ރިހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން.

-           ދިމާވާ އިމަޖެންސީތައް، ކަމާބެހޭ ޑޮކްޓަރުންނަށް ވަގުތުން އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

-          ސަރުކާރު ޤަބޫލްކުރާ އިންސްޓިޓިއުޓަކުން ނާރސިންގ ޑިގްރީއެއް ޙާޞިލްކުރުމަށްފަހު 2 އަހަރު ދުވަހުގެ ރެޖިސްޓަރޑް ނާރސްއެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން ނުވަތަ

-          ރެޖިސްޓަރޑް ނާރސްއެއްގެ ގޮތުގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން، އަދި ޕާރފޯރމަންސް އެޕްރައިސައިލްގެ ފާއިތުވި 4 އަހަރުގެ އެވްރެޖް %80 ވުރެ މަތި ޙާޞިލްކޮށްފައިވުން، އަދި މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު ޤަވާޢިދުތަކަށް ފަރުވާ ބެހެއްޓުން، އަދި އަޚްލާޤީ ( ޑިސިޕްލިން ) އަދި މެޑިކަލް ނެގްލިޖެންސްގެ އެއްވެސް މައްސަލައެއް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރެކޯރޑްކުރެވިފައި ނެތުން.

މަޤާމުގެ ޝަރުތު:

-          ލިބިފައިވާ ތަޢުލީމާ ތަމްރީން:           %38

-          އިމްތިހާން:                     %5

-          ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ:       

-          ލިބިފައިވާ ހުނަރު ( އިންޓަރވިއު ):      %43

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

1-      މަޢްލޫމާތު ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމް ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mvޑައުންލޯޑް ކުރެވޭނެއެވެ. )

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރެވިފައިވާ ލިޔުމުގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ

(ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައި ދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭ ފޯމް ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޅ. ހިންނަވަރު ޞިއްޙީމަރުކަޒަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 15 ނޮވެމްބަރ 2017 އިން 25 ނޮވެމްބަރ 2017 އާއި ދެމެދު ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓްލިސްޓް ކުރުން:

މި މަޤާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދި ފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާރކްސް ގެ ޖުމްލަ އިންސައްތަ %30 ( ތިރީސް އިންސައްތަ ) އަށް ވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620216  ނަމްބަރ ފޯނާއެވެ.

 

އިތުރު މަޢްލޫމާތު ހޯދުން:

 

 

 

 

                                    

29 އޮކްޓޫބަރު 2017
ހޯދާ