މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އއ.މަތިވެރި އެމްޓީސީސީ ފެރީ ޓާރމިނަލް ބިނާ ކުރުމަށް ކަންޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން

 ނަންބަރު:MREIC/IU/2017/0026

 

ކުއްޔަށް ދޫކުރުން

 

އއ.މަތިވެރި އެމްޓީސީސީ ފެރީ ޓާރމިނަލް  ބިނާ ކުރުމަށް ކަންޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން:

އއ.މަތިވެރި ފެރީ ޓާރމިނަލް އެޅުމަށް ކަނޑައެޅިފައިވާ 1000 އަކަފޫޓު ބިން އަމިއްލަ ޙަރަދުގައި ތަރައްޤީކުރާނެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ނުވެމްބަރު 02 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، އއ.މަތިވެރި ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމުން، މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

 އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުން އޮންނާނީ 2017 ނުވެމްބަރު 15 ވާ ބުދަ ދުވަހު 13:30 ގައި އއ.މަތިވެރި ކައުންސިލްގެ އިދާރައިގައެވެ.

އަންދާސީހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާނީ އއ.މަތިވެރި ކައުންސިލް އިދާރާއަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށައަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

09 ސަފަރު 1439

29 އޮކްޓޯބަރ 2017

                                       

 

A subsidiary of MTCC

29 އޮކްޓޫބަރު 2017
ހޯދާ