ދިވެހިރާއްޖެ
އިނގުރައިދޫސްކޫލް
ރ. އިނގުރައިދޫ، ދިވެހިރާއްޖެ
ނަންބަރު: GS124/IUL/2017/34
އިޢުލާން
މަޤާމް: ޕްރިންޓަރ |
|
|
މަޤާމުގެ ނަންބަރު: 131172-J |
|
|
ބޭނުންވާ އަދަދު: 01 |
|
|
މަޤާމުގެ ގިންތި: ދާއިމީ |
|
|
މަޤާމުގެ ރޭންކް: އެސް. އެސް 3 |
|
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 3 |
|
|
ސެކްޝަން: އިދާރީ |
|
|
މަޤާމް އޮތް އޮފީސް: އިނގުރައިދޫ ސްކޫލް |
||
ވަޒީފާ އަދާކުރަން ޖެހޭ ތަން: އިނގުރައިދޫ ސްކޫލް / ރ. އިނގުރައިދޫ |
|
|
މުސާރަ: މަހަކު -/3،875 ރުފިޔާ |
|
|
ސަރވިސް އެލެވަންސް: މަހަކު -/1،000 ރުފިޔާ |
|
|
އިތުރު ޢިނާޔަތްތައް:
|
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: ޗާޕުކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި ނޯޓިސްތަކާއި ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި އެހެނިހެން ތަކެތި ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕުކޮށް ހަވާލުކުރުން. 2- ބައިންޑުކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ކަނޑައެޅިފައިފާ ދުވަހަކަށް ނިންމައި ހަވާލުކުރުން. 3- ޕްރިންޓިން ރޫމުގައި ހުންނަ ހުރިހާ މެޝިނަރީތަކާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި ބެލެހެއްޓުން. 4- ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން. 5- ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން. |
|
|
މަޤާމުގެ ޝަރުޠުތައް:
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
|
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ލިބިފައިވާ ތައުލީމާއި ތަމްރީނަށް - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - ލިބިފައިވާ ހުނަރު |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ނޮވެމްބަރ2017 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، އިނގުރައިދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6580382 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 ނޮވެމްބަރ 2017 އާއި 13 ނޮވެމްބަރ 2017 އާއި ދެމެދު، އިނގުރައިދޫ ސްކޫލް ގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
|
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.
|
|
|
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580002 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580382 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. |
|
|
06 ޞަފަރު 1439
26 އޮކްޓޯބަރ 2017
ސަޢީދު އިބްރާހިމް