މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އދ.މާމިގިލި އެމްޓީސީސީ ފެރީ ޓާރމިނަލް ބިނާ ކުރުމަށް ކަންޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން

  ނަންބަރު:MREIC/IU/2017/0027

 

ކުއްޔަށް ދޫކުރުން

 

އދ.މާމިގިލި އެމްޓީސީސީ ފެރީ ޓާރމިނަލް  ބިނާ ކުރުމަށް ކަންޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން:

އދ.މާމިގިލި ފެރީ ޓާރމިނަލް އެޅުމަށް ކަނޑައެޅިފައިވާ 6000.00 އަކަފޫޓު ބިން އަމިއްލަ ޙަރަދުގައި ތަރައްޤީކުރާނެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ނުވެމްބަރު 02 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން، އދ.މާމިގިލި ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމުން، މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުން އޮންނާނީ 2017 ނޮވެމްބަރު 15 ވާ އާދިއްތަ ދުވަހު 13:30 ގައި އދ.މާމިގިލި ކައުންސިލްގެ އިދާރައިގައެވެ.

އަންދާސީހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާނީ އދ.މާމިގިލި ކައުންސިލް އިދާރާއަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށައަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

06 ސަފަރު 1439

26 އޮކްޓޯބަރ 2017

                                       

 

A subsidiary of MTCC

26 އޮކްޓޫބަރު 2017
ހޯދާ