ދިވެހިރާއްޖެ
ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ނޯޓިސްބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތާއި ބެހޭ މައުލޫމާތު ސާފުކޮށްދިނުން ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00ށް 2.00ށް މިއިދާރާއިން ސާފު ކުރެވޭނެއެވެ. ފޯނުންވެސް މައުލޫމާތު ދޭ ގޮތަށް ހަމަ ޖެހިފައި ވެއެވެ. ފޯނުން ނަމަ ގުޅުއްވާނީ ރަސްމީ ގަޑީގައި 6560016 ނުވަތަ7558935 ފޯނާއެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 08 ނޮވެމްބަރ 2017 ވާ ބުދަ ދުވަހު 13.00ށް މިއިދާރާއަށެވެ. މެއިލްއިން ފޮނުވާ އަންދާސީ ހިސާބުތައް ބަލައިގަންނަ ގޮތަށް ހަމަ ޖެހިފައެވެ. މެއިލް އެޑްރެސް އަކީ: [email protected]
މިމަސައްކަތަށް އަގު ހުށައެޅުއްވޭނީ ކުންފުނީގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ޤާނުނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
05ޞަފަރު 1439
25 އޮކްޓޫބަރ 2017