މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގައި(ލ.މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި އިސްދޫ) ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުމުގެ އިތުރު ފުރުސަތު

މި އިޢުލާންވަނީ 26 އޮކްޓޫބަރު 2017 13:51 ގައި ބާތިލް ކުރެވިފައެވެ.


މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގައި(ލ.މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި އިސްދޫ) ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުމުގެ އިތުރު ފުރުސަތު

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި ލ.އިސްދޫގައި ހުއިފިލަނޑާބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ އިތުރު ފުރުސަތު 29 އޮކްޓޯބަރު 2017 އިން 09 ނޮވެންބަރު 2017 އަށް ހުޅުވާލަމެވެ.

މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާއި ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv  އިންނާއި ލޯނު އަމާޒުކުރެވޭ ލ. މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި އިސްދޫގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް މި ހަތަރުރަށުގައި ކުރާއިރު، ލ. އަތޮޅުން ޖުމްލަ 150 ފަރާތަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން 2016 އަދި 2017 ގައި ހުޅުވާލެވުނު ފުރުސަތުން އިވެލުއޭޝަނަށްފަހު މިހާރުވަނީ ގިނަބައިވެރިންތަކެއް ހޮވި މަސައްކަތް ފަށައިގެންފައެވެ. މިގޮތުން މިހާރު މިކުރެވޭ އިޢުލާން މި ކުރެވެނީ ލ.އަތޮޅަށް ހުޅުވާލެވިފައިވާ 150 ފުރުސަތުން އަދި އިތުރުޖާގަ ހުރުމުންނެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާއެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

 

ލޯނަށް އެދި ފޯމު ހުށަހަޅާނީ ލ.މާބައިދޫ، ދަނބިދޫ، ކަލައިދޫ އަދި އިސްދޫގެ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 9 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

 

ލޯނު ދޫކުރުމުގެ މަރުހަލާގައި ލ. އަތޮޅުން އިތުރު ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަންކުރުމަށް ފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މިމަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ. މި ޝަތުރު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާތިލުކުރެވޭނެއެވެ.

  • ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މިވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން
  • ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން
  • ލ. ދަނބިދޫ، ކަލައިދޫ، އިސްދޫ އަދި މާބައިދޫ ގައި ދިރިއުޅޭ ރައްޔިތެއްކަމުގައި ވުން

މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.

 

  • ·         މި މަޝްރޫޢަކީ ރަށްފުށުގައި ދިރިއުޅޭ އަންހެން ފަރުދުން ބާރުވެރިކުރުވައި، އިޤްތިޞާދީ މަސައްކަތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ބާރުއަޅާ މަޝްރޫޢެއްކަމުން ލޯނަށް އެދި ހުށަހަޅާ އަންހެނުންނަށް 5 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

5

  • ·         ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ގަވާއިދުން އަދާކުރާ ގޮތް: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 40 ޕޮއިންޓް)

40

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް

40

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް

30

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް

20

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް

5

އަދި ލޯނަށް އެއްވެސްވަރަކަށް ފައިސާ ނުދައްކާ ފަރާތެއްވާނަމަ.

0

  • ·         މާލީ ހާލަތު: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 30 ޕޮއިންޓް)

30

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް

30

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް

20

  • ·         ރަށުގައި ގާއިމުވެހުރެ ދިރިއުޅެމުން ދިއުން: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 25 ޕޮއިންޓް)

25

ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

25

ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

10

ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

0

 

  • ·         މިޕްރޮޖެކްޓްގެ ދަށުން ލ.މާބައިދޫގައި މިމަސައްކަތް އަލަށް ފެށުމަށް ހަމަޖެހިފައިވާތީ ލ.މާބައިދޫގެ ރައްޔިތުންނަށް އިސްކަންދެވޭނެއެވެ.
  • ·         ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ.
  • ·         މި ޕްރޮޖެކްޓް ގެ މަގްޞަދުގައި ގިނަގޭބިސީއަށް ފުރުސަތު ދިނުން ހިމެނިފައިވާތީ، މިޕްރޮޖެކްޓްގެ ދަށުން ކުރިން ހޮވިފައިނުވާ ގޭބިސީތަކަށް މި ބުރުގައި އިސްކަންދެވޭނެއެވެ.
  • ·         މިޕްރޮޖެކްޓްގެ ދަށުން ކުރިން ހޮވިފައިވާ ގޭބިސީއަކުން މިބުރުގައި ކުރިމަތި ލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ފަރާތްތަކަށް އިސްކަންދެވޭނީ އަލަށް އެދިފައިވާ ގޭބިސީތަކަށް އިސްކަންދީފައެވެ.
  • ·         މިޕްރޮޖެކްޓްގެ ދަށުން ކުރިން ހޮވިފައިވާ ފަރާތްތަކަށް މިބުރުގައި ފުރުސަތެއް ނުދެވޭނެއެވެ.

މިލޯނާއި ބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހުގައި 14:00 ގެ ކުރިން 3341836 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

26 އޮކްޓޫބަރު 2017
ހޯދާ