ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު (3)22-C/22/2014/34 ތާރީޚު 31 ޑިސެމްބަރ 2014 މެސެޖުން އަންގަވާފައިވާ ގޮތަށް ސްކޫލް މަދްރަސާތަކުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ނިންމާފައިވުމާއި ގުޅިގެން 1 ޖަނަވަރީ 2018 އިން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގައި ހުޅުދޫސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 06 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހު 10:30 އަށް  | 
 16ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 10:30 އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6894068 ނަންބަރު ފޯނާއެވެ.
