ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ ބައެއް މިސްކިތްތަކާއި، ގަބުރުސްތާނުތައް ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތައް ހޯދުމަށް މި މިނިސްޓްރީންކުރި ނަމްބަރު (IUL) 142-A1/142/2017/29 އިޢުލާނާއި ގުޅިގެން ތިރީގައިވާ ދާއިރާއަށް ހުށަހެޅުނު އަގުތަށް ބޮޑުވުމާއެކު އެދާއިރާއަށް ހުށަހެޅި އަގުތައް ބާތިލްކޮށް އެދާއިރާގައި ހިމެނޭ މިސްކިތްތަކާއި، ގަބުރުސްތާނުތައް ކުނިކަހައި ފޮޅާ، ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާންކުރަމެވެ.
|
ދާއިރާ |
ރަށް |
# |
ސާފުކުރަންޖެހޭ ތަނުގެ ނަން |
|
10 |
ހިތަދޫ |
01 |
ތަކުރުފާނު މިސްކިތް ( މިސްކިތާއި ސަހަރާ) |
|
02 |
މަސްޖިދުލް ހިދާޔާ (މިސްކިތް) |
||
|
03 |
ސަހަރާ |
||
|
04 |
ސަހަރާ |
||
|
05 |
މަސްޖިދުއް ނޫރު (މިސްކިތާއި ސަހަރާ) |
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގެ ގަޑިތަކަށް މި މިނިސްޓްރީގެ އައްޑޫސިޓީޔުނިޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެސްޓިމޭޓް ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސެޝަންގައި ބައިވެރިވުމާއި، އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި ނަންނޯޓްކުރާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.
|
ޙަރަކާތް |
ތަން |
ތާރީޚު |
ގަޑި |
|
މަސައްކަތަށް ކުރިމަތިލުމަށް ނަންނޯޓްކުރުން |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އައްޑޫސިޓީ ޔުނިޓް |
31 އޮކްޓޯބަރ 2017 |
08:30 ން 14:00 އަށް |
|
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އައްޑޫސިޓީ ޔުނިޓް |
01 ނޮވެމްބަރ 2017 |
11:00 |
|
އެސްޓިމޭޓް ހުށައެޅުން |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އައްޑޫސިޓީ ޔުނިޓް |
05 ނޮވެމްބަރ 2017 |
11:00 |
އައްޑޫސިޓީގެ އެއްވެސް ދާއިރާއެއްގެ މިސްކިތްތައް ފޮޅާ، ސާފުކުރުމުގެ މަސައްކަތް މިހާރު ޙަވާލުކުރެވިފައިވާ ފަރާތަކަށް މި މަސައްކަތް ޙަވާލު ނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.
06 ޞަފަރު 1439
26 އޮކްޓޯބަރ 2017
