ދިވެހިރާއްޖެ
އިޢްލާން
ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން
މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/INDIV/2017/16 އިއުލާނާގުޅިގެން މިކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ހުށަހެޅުއްވި އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން މީލާދީ 3 އަހަރުދުވަހުގެ މުއްދަތަށް ކޮށްދެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމަށްއެދި ބިޑްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ޑިއުޓީކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ރޭގަނޑު 23:00 އިން އަނެއްދުވަހު ހެދުނު 08:00 އާއި ދެމެދުއެވެ.
ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް މައުލޫމާތުދިނުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 31 އޮކްޓޫބަރު 2017 ވާ އަންގާރަ ދުވަހު 13:00 ގައި ފެންފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި ބިޑްހުށަހެޅުއްވޭނީ ހަމައެކަނި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަ އެކަންބަޔާންކޮށް ސިޓީއާއި އައިޑީކާޑު ކޮޕީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.
ކޮންޓްރެކްޓްއުސޫލުން ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 07 ނޮވެންބަރު 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިމަސައްކަތް ކޮށްދެއްވޭނެއަގު ބަޔާންކޮށް ސިޓީ ހިއްޕަވައިގެން އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުންއެދެމެވެ. ސިޓީގައި ބިޑްހުށަހަޅުއްވާފަރާތުގެ ތިރީގައިވާ މައުލޫމާތު ހިމަނުއްވަންވާނެއެވެ.
1- ފުރިހަމަނަން
2- އަތޮޅާއިރަށް
3- ރަށުގެ އެޑްރެސް
4- އައިޑެންޓިޓީ ކާޑް ނަންބަރު
5- ހޭންޑް ފޯން ނަންބަރު
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.