މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މާލެ ސިޓީއާއި މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ވިލިމާލެ އިން ޚާއްސަ ކުރެވިފައިވާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި ދަގަނޑު ގޭޓެއްލުމުގެ މަސައްކަތާއި ބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން މާލެ ސިޓީއާއި މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ވިލިމާލެ އިން ޚާއްސަ ކުރެވިފައިވާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި ދަގަނޑު ގޭޓެއްލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގެވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ހުށަހަޅަންވީ ތަކެތި

މި މަސައްކަތާއި ގުޅިގެން ހުށަހަޅާ ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތި މި މަޝްރޫއުގެ ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް، ކުރެހުން އަދި ބީ.އޯ.ކިއު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެއްވުމަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރ 2017 އިން 01 ނޮވެމްބަރ 2017 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11.30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 05 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11.30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: http://www.environment.gov.mv/v2/en/

26 އޮކްޓޫބަރު 2017
ހޯދާ