ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކެފޭ ދެކުނުންއޮތް ހުސްބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

 

އަތޮޅުކެފޭ ދެކުނުންއޮތް ހުސްބިން ކުއްޔަށް ދޫކުރުމާބެހޭ

 

ކޮޅުމަޑުލު ވޭމަންޑޫއިން މި އިދާރާއަށް ލިބިފައިވާ ބިމެއްކަމުގައިވާ އަތޮޅުކެފޭ ގޯތީގައި ކެފޭގެ ދެކުނުން އަދި ޓްރެއިނިން ސެންޓަރުގެ ހުޅަގުން އޮތް ހުސްބިން ދެ ބަޔަށް ބައިކޮށް ކޮންމެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލައި އާއްމުކުރި ނަމްބަރ: (IUL)239-AHRI/239/2017/18  އިޢުލާނާގުޅިގެން އެއްވެސްފަރާތަކުން

ބިޑްހުށަހަޅުއްވާފައިވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިއުލާންކުރަމެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އިދާރާއަށް ބިޑް ހުށަހެޅުއްވުންއެދެމެވެ. މަޢުލޫމާތު ދިނުމާއި ބިޑް ހުށަހެޅުމާބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ތާރީޚާއި ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

01 ނޮވެމްބަރ 2017 ބުދަ

11:00

އަތޮޅު ކައުންސިލް

ބިޑް ހުށަހެން

06 ނޮވެމްބަރ 2017 ހޯމަ 

11:00

އަތޮޅު ކައުންސިލް

 

ރަށުން ބޭރުގައި އުޅުއްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެ އަދި ބިޑް ހުށަހެޅޭނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ [email protected] އަށެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެވޭނީ

މަޢުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވަނީސް މި އިދާރާގެ ކަމާބެހޭ ނަމްބަރަށް ގުޅައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މިކަމާބެހޭގޮތުން މި އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9710106 ނަމްބަރަށެވެ.

މުއްދަތުގައި މަޢުލޫމާތު ނުހޯއްދަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

                   06 ޞަފަރު  1439 

                   26 އޮކްޓޯބަރ 2017

 

                                                             ރިޟުވާން ޢަބްދުﷲ

                                                          ތ. އަތޮޅުކައުންސިލްގެ ރައީސް

26 އޮކްޓޫބަރު 2017
ހޯދާ