ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: 10 (IUL)25-A5/25/2017/
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މާޤާމް: ޑެސްކް އޮފިސަރ |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 |
ރޭންކް: ޖީ.އެސް 4 |
||||||
މުސާރަ:5020.00 ރ. |
ސަރވިސް އެލަވަންސް: 1500.00 ރ. |
ބޭނުންވާ އަދަދު: 1 |
||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ވަގުތީ (9 މަސް ދުވަހަށް) |
މަޤާމުގެ ނަންބަރު: J-291004 |
||||||
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: މިޝަން އެޑްމިނިސްޓްރޭޝަން |
|||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ޑެއިލީ އެންޓްރީ ނެގުން، ޖެމްސްއާއި އީމެއިލް އިން ސެކްޝަނަށް އަންނަ ލިއެކިއުންތައް ޗެކްކުރުން 2- ލިބޭ ލިއެކިއުންތަކަށް ޖަވާބު ތައްޔާރުކުރުން 3- މިޝަންތަކުން އަންނަ ވީކްލީ ރިޕޯޓްތައް ސަރކިއުލޭޓްކުރުން 4- ޑިޕްލޮމެޓިކް މެއިލްއަށް ލުމަށް ސެކްޝަންތަކުން ގެންނަ ތަކެއްޗާއި ހަވާލުވުން 5- ޑިޕްލޮމެޓިކް މެއިލް ބޭގް ތައްޔާރުކުރުން 6- މިޝަންތަކަށް ފޮނުއްވާ މުވައްޒަފުން ވަޒީފާއާ ޙަވާލުވިކަން، (ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް) ސާރކިއުލާރ އިން އެންގުން 7- މިޝަންތަކުން ސަރުކާރާއި އެހެނިހެން ފަރާތްތަކަށް ފޮނުވާ ތަކެތި ޑިސްޕެޗްކުރުން 8- މިޝަންތަކާ ބެހޭ މަޢުލޫމާތު 'އަޕްޑޭޓް' ކޮށް ބެލެހެއްޓުން 9- މިޝަންތަކަށް ފޮނުވުމަށް ހޮވާ މުވައްޒަފުން ފުރުމުގެ އިންތިޒާމް ތައް ހަމަޖެއްސުން 10- މިޝަންތަކުގައި ތިއްބަވާ ޑިޕްލޮމެޓުންގެ ޢާއިލާ މެމްބަރުން އެބޭފުޅުންނާއެކު ތިއްބެވުމަށް ބޭނުންވާ ވީސާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން 11- މިޝަންތަކާގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ ޤަވާއިދުން ފައިލްކުރަންޖެހޭ ފައިލްތަކުގައި ފަސޭހައިން ފެންނާނެ ގޮތަށް ފައިލްކުރުން. |
|||||||
ޝަރުޠު(ތައުލީމާއި ތަޖުރިބާ)
|
1- މަޤާމުގެ މަސައްކަތާ ގުޅޭ )މެނޭޖްމަންޓް / އެޑްމިނިސްޓަރޭޝަން / ހިއުމަން ރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޤާނޫނީ ދާއިރާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ 2- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|||||||
އިތުރު އިނާޔަތް: |
|
|||||||
ވަޒީފާ އަދާކުރައްވަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
|||||||
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:
|
- ތަޢުލީމާއި ތަމްރީން 38% - އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5% - މަސައްކަތުގެ ތަޖުރިބާ 14% - ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 43% |
|||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.foreign.gov.mv/index.php/dv/mediacentre/iulaanވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 ނޮވެމްބަރ 2017 ވާ އާދިއްތަދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
|||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|||||||
އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ، 12ނޮވެމްބަރ 2017 އާއި 25ނޮވެމްބަރ 2017 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
30% |
|||||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ. |
|||||||
24 އޮކްޓޯބަރ 2017