ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ ފާރުގައި ރެދުއަޅާފައިވާ ތަންތަން ބެއްދުމާއި މުޅި އިމާރާތުގެ ބޭރުގައި ކުލަލާން ބޭނުންވެއްޖެ

ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ ފާރުގައި ރެދުއަޅާފައިވާތީ ދިމާވާ މައްސަލަތައް ހައްލުކުރުމާއި މުޅި އިމާރާތުގެ ބޭރުގައި ކުލަލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް  ޝައުގުވެރިވާ  ފަރާތްތަކުން 05 ނޮވެމްބަރ 2017 ވާ  އާދީއްތަ ދުވަހުގެ  10:00  އަށް  ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

24 އޮކްޓޫބަރު 2017
ހޯދާ