ދިވެހިރާއްޖެ
ޑިސެމްބަރ 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް ކަލްޗަރަލް ފެސްޓިވަލް އޮން ޓްރެޑިޝަނަލް ޑާންސް 2017" ގައި ދިވެހިރާއްޖެ ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ 6 ފަންނާނުން ހިމެނޭ ގްރޫޕަކަށެވެ. މި ފަންނާނުންގެ އެކޮމަޑޭޝަން، ކެއުން އަދި ލޯކަލް ޓްރާންސްޕޯޓް ހަމަޖައްސަވައިދެއްވާނީ ސާކް ކަލްޗަރަލް ސެންޓަރ އިންނެވެ. ނަމަވެސް ދަތުރު ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 29 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ ކުރިން މިސެންޓަރަށް އެ ފަންނާނެއްގެ ނަން، މަޤާމް، މޮބައިލް ނަންބަރ، އީމެއިލް އެޑްރެސް، ބައޮގްރަފީ އޮފް ޕާޓިސިޕަންޓްސް/ޓުރޫޕް، ބްރީފް ޑިސްކްރިޕްޝަން އޮފް ސްޕެޝަލައިޒޭޝަން އަދި ފޮޓޯ އޮފް ޕާޓިސިޕަންޓްސް/ޓުރޫޕް ހުށަހެޅުއްވުން އެދެމެވެ. ފެސްޓިވަލް އާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅު ވެލައްވާނަމަ 3832 334 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މި ފެސްޓިވަލްގެ އިތުރު މައުލޫމާތު މި ސެންޓަރުގެ ވެބްސައިޓް www.nca.gov.mv އިން ވެސް ލިބިވަޑައި ގަންނަވާނެވެ.