މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

                                                          ނަންބަރު: 42/MRDC-IUL/2017

 އިޢުލާން

   

     މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ސީނިއަރ މެނޭޖަރ ޕްރޮޖެކްޓްސް، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އީ.އެކްސް 2 – ގްރޭޑް 1

މުސާރަ:

މަހަކު -/17630ރުފިޔާ (ސަތާރަހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ރެސްޕޮންސިބިލިޓީ އެލަވަންސް:

މަހަކު -/5000 ރުފިޔާ  (ފަސްހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕްރޮޖެކްޓްތައް ރާވާ ހިންގުމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ

- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕްރޮޖެކްޓްތައް ރާވާ ހިންގުމުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-    ކުންފުނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ރާވައި ހިންގާ ބެލެހެއްޓުން.

-    ޕްރޮޖެކްޓްސް ޕްލޭން ކުރުމާއި ޝެޑިއުލް ކުރުން.

-    ކުރެހުންތައް ތައްޔާރުކުރުމަށް އެހީތެރިވެދީ ކުރެހުންތައް ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކުރުން.

-   އައުޓްސޯސް ކުރަންޖެހޭ ޕްރޮޖެކްޓްތަކުގެ ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދީ އެކަމާއި ގުޅޭ ލިޔެކިއުން ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކުރުން.

-    ޕްރޮޖެކްޓްތަކަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ރިޕޯޓުތައް ކޮންސަލްޓަންޓް އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން.

މަޤާމް:

ސީނިއަރ ސަރވޭޔަރ ، ގްރޭޑް 7

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް.އެސް 2 – ގްރޭޑް 3

މުސާރަ:

މަހަކު -/12630 ރުފިޔާ (ބާރަހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-  ލޭންޑް ސާރވޭ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ޑިޕްލޮމާ) ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

-  ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    މަސައްކަތުގައި ބޭނުންކުރާ އާންމު ސޮފްޓްވެއަރތަކަށް އަހުލުވެރި ވެފައި ވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    ޓީމެއް ގޮވައިގެން، ދިމާވާ މައްސަލަތައް ހައްލުކުރުމާއެކު މަސައްކަތްތައް ރާވައިގެން ހިންގަން އެނގޭ ފަރާތެއްކަމުގައި ވުން.

-    މަސައްކަތާގުޅޭ ގޮތުން މުވައްޒަފުން ތަމްރީނު ކުރެވޭފަދަ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-  ކުންފުނީގެ ޕްރޮޖެކްޓް ތަކަށް ބޭނުންވާ ސާރވޭތައް ކުރުން.

-    ޕްރޮޖެކްޓް ތަކަށް ބޭނުންވާ ސާރވޭތައް ތައްޔާރުކުރުން.

-    މަސައްކަތްތަކަށް ބޭނުންވާ ޑިޒައިން ލެވެލްސް ދިނުމާއި މަސައްކަތްތައް ހިނގަނީ ދީފައިވާ ލެވެލްތަކާއި އެއްގޮތަށްތޯ ބަލާ ޗެކްކުރުން.

-    ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އެސިސްޓަންޓް ސިވިލް އިންޖީނިއަރ، ގްރޭޑް 4

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް. އެސް 2 – ގްރޭޑް 4

މުސާރަ:

މަހަކު -/13630 ރުފިޔާ (ތޭރަހާސް ހަ ސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-      ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓިފިކެޓެއް އޮތުމާއި އެކު މަޤާމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    މަސައްކަތުގައި ބޭނުންކުރާ އާންމު ސޮފްޓްވެއަރތަކަށް އަހުލުވެރި ވެފައި ވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    ޓީމެއް ގޮވައިގެން، ދިމާވާ މައްސަލަތައް ހައްލުކުރުމާއެކު މަސައްކަތްތައް ރާވައިގެން ހިންގަން އެނގޭ ފަރާތެއްކަމުގައި ވުން.

-    މަސައްކަތާގުޅޭ ގޮތުން މުވައްޒަފުން ތަމްރީނު ކުރެވޭފަދަ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-   ޕްރޮޖެކްޓްތައް ޕްލޭން ކުރުމަށް ބޭނުންވާ ސަރވޭ ރިޕޯރޓް، ޗާރޓް އަދި އެހެނިހެން މަޢުލޫމާތުތައް ހޯދާ ބަލާ ދިރާސާ ކުރުން.

-   ޕްރޮޖެކްޓަކީ މި ކޯޕަރޭޝަނަށް ފައިދާހުރި ޕްރޮޖެކްޓެއްތޯ ބަލައި ކޮސްޓިންގ ހަދައި ކުންފުނީގެ މެނޭޖްމަންޓަށް ލަފާދިނުން.

-   އެކި ޕްރޮޖެކްޓް ތަކުގައި ބޭނުންކުރަންޖެހޭ ސިމެންތި، ދަގަނޑު އަދި އެސްފޯލްޓް ފަދަ ތަކެތީގެ ފެންވަރު ބެލުން

-   މި ކޯޕަރޭޝަނުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ކަމާބެހޭ އިދާރާތަކުގެ ގައިޑްލައިންސް އާއި އެއްގޮތްވާ ގޮތަށް މި ކޯޕަރޭޝަނަށް ދިނުން.

-   މި ކޯޕަރޭޝަނުގެ މަޝްރޫއުތައް ހިނގާ ސައިޓްތަކަށް ޒިޔާރާތްކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއި އެކު ކަމާ ގުޅޭ ލަފާދީ އެ ސައިޓްތަކުގެ މުވައްޒަފުން ތަމްރީނު ކުރުން.

-   މި ކޯޕަރޭޝަނުގެ މަޝްރޫޢުތައް ޑިޒައިންގ ކޮށް މަޝްރޫޢުތަކުގެ ޓެކްނިކަލް ޑޮކިއުމަންޓްސް (ޑީޓެއިލް ޑިޒައިން، ޓެންޑަރ ޑޮކިއުމެންޓްސް) އަދި ކޮންޓްރެކްޓް ޑޮކިއުމެންޓްސް ރިވިއުކުރުން.

-   މަޝްރޫއުތައް ހިނގާ ނުހިނގާގޮތް ސުޕަވައިޒްކުރުން.

-   ޓެކްނިކަލް ރިޕޯރޓްތައް، ކަމާ ގުޅުންހުރި އިދާރާ ތަކާއެކު މަޝްވަރާކޮށް ރިވިއުކުރުން.

-   މަޝްރޫއު ހިންގާ ، މޮނީޓަރ ކުރުމުގައި ކުންފުންޏަށް ބޭނުންވާ ފަންނީ ލަފާދިނުން.

-   ކުއްލި ހާލަތްތަކުގައާއި އެނޫންވެސް ހާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތްކުރަން ދިއުން.

މަޤާމް:

އެސިސްޓަންޓް ކްއަންޓިޓީ ސަރވޭޔަރ، ގްރޭޑް 4

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް. އެސް 2 – ގްރޭޑް 4

މުސާރަ:

މަހަކު -/13630 ރުފިޔާ (ތޭރަހާސް ހަ ސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    ސިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-  ޕްރޮޖެކްޓްތަކަށް ބޭނުންވާނެ ބިލް އޮފް ކުއެންޓިޓީޒް (ބީ.އޯ.ކިއު) ބިލް އޮފް މެޓީރިއަލްސް      (ބީ.އޯ.އެމް) ވާރކް ޝެޑިއުލް / ވާރކް އައުޓްސް ތައްޔާރު ކުރުން

-    ޕްރޮޖެކްޓް މޮނިޓަރކޮށް ޕްރޮޖެކްޓް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާ ހިއްސާކުރުން.

-    ޕްރޮޖެކްޓްތަކުގެ ސައިޓް ސާވޭ ކުރުން.

-    ޕްރޮޖެކްޓްތަކުގެ ޕޭމަންޓް ޝެޑިއުލް ހެދުމަށް އެހީތެރިވެދިނުން

-    ޕްރޮޖެކްޓްތައް ކުރިއަށްދާ ސައިޓްތައް ބެލެހެއްޓުން.

-    ޕްރޮޖެކްޓްތަކާއި ގުޅިގެން ޑިޕާރޓްމަންޓުން ފޮނުވަންޖެހޭ ސިޓީ އާއި އެކިއެކި ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.

-    ޑިޕާރޓްމަންޓްގެ ވެރިޔާ ހަވާލުކުރާ ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އެސިސްޓަންޓް އާކިޓެކްޓް، ގްރޭޑް 4

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް. އެސް 2 – ގްރޭޑް 4

މުސާރަ:

މަހަކު -/13630 ރުފިޔާ (ތޭރަހާސް ހަ ސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

- ކުންފުނިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކަށް ބޭނުންވާ އާކިޓެކްޗަރަލް ޑްރޮވިންގްތައް ކުރެހުމާއި ޑިޒައިންކުރުން

- ކުރެހުންތަކުގެ ޑިޒައިނިންގއާބެހޭ މަޢުލޫމާތާއި، ސްޕެސިފިކޭޝަނާއި، މަސައްކަތަށް ބޭނުންވާނެ ތަކެއްޗާއި، ކޮސްޓް އެސިސްޓިމޭޝަންތައް ތައްޔާރުކުރުން

- ސޮފްޓްވެއަރ ބޭނުކޮށްގެން ކުރެހުންތަކުގެ 3D މޮޑެލްތައް ޑިޒައިންކުރުމާއި ކުރެހުން.

- ޑިޕާރޓްމަންޓްގެ ވެރިޔާ ހަވާލުކުރާ ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

ސުންގަޑި:

-   މިވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ތިރީގައިމިވާ ތަކެއްޗާއެކު، 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8. ވަޒީފާއެއް އަދާކުރަމުންދާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. މިމުއްދަތުގެ ތެރޭގައި ހާޟިރީއަށާއި މަސައްކަތުގެ އަޙްލާޤަށް އަދި ފެންވަރަށް ބަލާ އެކަށީގެން ވާނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

03 ޞަފަރު 1439

  23 ނޮވެމްބަރ 2017

 

24 އޮކްޓޫބަރު 2017
ހޯދާ