މާލެއަތޮޅު ކާށިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
Cashier

 

       
   
     
 

ކ.ކާށިދޫ ޞިއްހީމަރުކަޒު

ކ.ކާށިދޫ/ ދިވެހިރާއްޖެ

ނަންބަރު: (IUL)H1-SM/2017/08  

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

ކޭޝިއަރ

މަޤާމުގެ ނަންބަރު

J-278214

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

މަޤާމު އޮތް އޮފީސް

ކ.ކާށިދޫ ޞިއްހީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ.ކާށިދޫ ޞިއްހީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

1500/- ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ، ޖަމާކުރުމާއި ރިޕޯރްޓްތައް ހަދާ ބެލެހެއްޓުން.
  2. އާސަންދަގެ ދަށުން ފައިސާ ލިބޭ ކަންތައްތަކަށް ބިލްހަދާ ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ފޮނުވާ ފައިސާ ލިބެމުންދޭތޯ ކަށަވަރުކުރުން.
  3. ފައިސާއާއި ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ޞިއްހީމަރުކަޒުގެ  ބަޖެޓާއި ގުޅުންހުރި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ދިނުން.
  5. ކުރެވޭ ޚަރަދުތަކަށް އެކިއެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ވީހާވެސް އަވަހަށް ރައްދުކުރުން.
  6. އާމްދަނީގެ އަހަރީ ރިޕޯރޓް ތައްޔާރުކޮށް ބެލެހެއްޓުން.
  7. އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  1. ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުން.

މަޤާމުގެ ޝަރުތުތައް

  1. އެޕްލައިޑް އެކައުންޓިންގ،ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒިނަސް، އޭ.ސީ.ސީ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ.ޓީ.އޭ)، ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ،ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒިނަސް، އޭ.ސީ.ސީ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީ.ޓީ.އޭ)، ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކ.ކާށިދޫ ޞިއްހީމަރުކަޒަށެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 05 ނޮވެމްބަރު 2017 އާއި 12 ނޮވެމްބަރު 2017 އާ ދެމެދު ކ.ކާށިދޫ ޞިއްޙީމަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640127 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

23އޮކްޓޯބަރ 2017

03 ޞަފަރު 1439

 

 

                                                    

23 އޮކްޓޫބަރު 2017
ހޯދާ