މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                          އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/50) 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ޑިޖިޓަލްމީޑިއާ އެގްޒެކެޓިވް

މުސާރަ (މަހަކު) : -/6،600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: ރަސްމީކޮށް ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސްގެ ގޮތުގައި 200 ރުފިޔާ (ދުއިސައްތަ ރުފިޔާ) ދުވާލަކަށް

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއަރ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ)
  2. ސޯޝިއަލް އެންޑް ޑިޖިޓަލްމީޑިއާ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު ޑިޖިޓަލް އަދި ސޯޝިއަލްމީޑީއާއަށް އަހުލުވެރިވުމާއި ޑިޒައިނިންގ އަދި ލޭއައުޓްގެ މަސައްކަތް ދަންނަ ފަރާތެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަނުގެ ޑިޖިޓަލް މީޑީއާ އެންޑް ސޯޝިއަލްމީޑިއާ ސެކްޝަނުގެ މަސައްކަތްތައް ކުރުން.
  2. މިކޯޕަރޭޝަނުގެ ސޯޝިއަލް އެންޑް ޑިޖިޓަލް ނެޓްވާކް ޕްރޮފައިލްތައް ބެލެހެއްޓުމާއި އެ ޕްރޮފައިލްތަކަށް ޒިޔާރަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުން.
  3. މިކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި މަޢުލޫމާތު ޤަވާއިދުން ވެބްސައިޓަށް އަދި ސޯޝިއަލް ނެޓްވަރކަށް އަޕްލޯޑް ކުރުން.
  4. މިކޯޕަރޭޝަނުގެ އެކިއެކި އިވެންޓްތަކާއި އެކި މަސައްކަތަށް ބޭނުންވާ ތަކެތި ޑިޒައިން ކުރުމާއި ގްރެފިކްސް މަސައްކަތް ކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ މަސައްކަތްތައް ކުރުން.
  5. މިކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތަކީ ސައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް އެމަޢުލޫމާތު އަޕްޑޭޓްކުރުން.
  6. ސެކްޝަންގައި މަސައްކަތްކުރާ އެހެން މުވައްޒަފުން އޮފީހަށް ހާޒިރުނުވާ އަދި ޗުއްޓީ ގައި ހުންނަ ދުވަސްތަކުގައި ސުޕަވައިޒަރ ހަވާލުކުރައްވާ މަސައްކަތްތައް ކުރުން.
  7. މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވެ ބައިވެރިވުން.

 

 

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށ

 

:ހުށައަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

:އިތުރު މަޢްލޫމާތު

  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ އެންމެމަތީ މާރކްސް ލިބިފައިވާ 05 ފަރާތަކާއެވެ.
  • މިމަޤާމަށް މީހުން ހޮވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް މީހުން ހޮވުމުގައި ދިވެހި އަދި އިނގިރޭސި ބަހުގެ އިތުރުން އެހެން ބަސްތަކުން ލިޔަން އަދި ކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • މިމަޤާމަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                                   23 އޮކްޓޫބަރ 2017

 

23 އޮކްޓޫބަރު 2017
ހޯދާ