މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
100 އެނދުގެ ސ.އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް، ޑެލިވާ ކޮށް ،އިންސްޓޯލް ކޮށް، އަދި ކޮމިޝަން ކޮށްދޭނެ ފަރާތްތައް ޕްރީކޮލިފައިކުރުމާއި ބެހޭ

               ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު            

100 އެނދުގެ ސ.އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް، ޑެލިވާ ކޮށް ،އިންސްޓޯލް ކޮށް، އަދި ކޮމިޝަން ކޮށްދޭނެ ފަރާތްތައް ޕްރީކޮލިފައިކުރުމާއި ބެހޭ:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ސ.އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް، ޑެލިވާ ކޮށް އިންސްޓޯލް އަދި ކޮމިޝަންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ޕްރީކޮލިފައި ކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކީ :

  • ލޮޓް 1 – ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ އަދި މެޑިކަލް އިކުއިޕްމަންޓްސް ސަޕްލައި، ޑެލިވަރީ، އިންސްޓޮލޭޝަން އަދި ކޮމިޝަނިންގ
  • ލޮޓް 2 – ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ފަރުނީޗަރު އަދި ޓޫލްސް ސަޕްލައި، ޑެލިވަރީ ،އިންސްޓޮލޭޝަން އަދި ކޮމިޝަނިންގ
  • ލޮޓް 3 – ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރު ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލްކޮއްދިނުން.

ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަ ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ23 އޮކްޓޫބަރު 2017 އިން 12 ނޮވެންބަރު 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00އަށް މި މިނިސްޓްރީންނެވެ. ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017ނޮވެންބަރު 2 ވާ ބުރާސްފަތި ދުވަހު13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349296  3349115

އީމެއިލް : [email protected]

ކޮޕީ  : [email protected]

ޕްރީ-ކޮލިފިކޭޝަން ބީލަން ހުޅުވުން އޮންނާނީ 14 ނޮވެންބަރު 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

23 އޮކްޓޫބަރު 2017
ހޯދާ