ދިވެހިރާއްޖެ
ނަންބަރު: 108/IUL)202-A/1/2017)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީއިން ރާއްޖޭގެ ކަނޑުގެ އެކިސަރަހައްދުގައި 12 މޭލު ދުރަށް އަލިފޮނުވަން ޖަހާފައިވާ ބައްތިތަކަށް ބޭނުންވާ 10 ސެޓް ބައްތި މިއޮފީހަށް ގަންނަން ބޭނުންވެގެން 5 އޮކްޓޫބަރު 2017 ވަނަދުވަހު ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ނަންބަރު: 100(IUL)202-A/1/2017/ އިޢުލާންބާތިލުކޮށްފީމެވެ، އެހެންކަމުން މިއޮތޯރިޓީއިން ރާއްޖޭގެ ކަނޑުގެ އެކިސަރަހައްދުތަކުގައި 12 މޭލު ދުރަށް އަލިފޮނުވަން ޖަހާފައިވާ ބައްތިތަކަށް ބޭނުންވާ 10 ސެޓް ބައްތި މިއޮފީހަށް ގަންނަންބޭނުންވާތީ މިކަމަށް ޝައުގުވެރިވާފަރާތެއްހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިތަކެތި ވިއްކަވަން ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮކްޓޫބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެމްބަރު 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
3 ޞަފަރު 1439
23 އޮކްޓޫބަރު 2017