ދިވެހިރާއްޖެ
މަޤާމް :އެސިސްޓެންޓް ފައިނޭންސް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :5 | |
މުސާރަ: |
މަހަކު -/5،380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ) |
އެހެނިހެން އިނާޔަތްތައް: |
2،500ރ - 3،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ޝަރުތު: |
- ޖީ.ސީ.އީ. އޭލެވެލް 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި އެކު ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން (އެކައުންޓިންގ އަދި ހިސާބު މި ދެމާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)
- ނުވަތަ ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސްވެފައިވުން އަދި ސާނަވީ އިމްތިޙާނުން ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ފާސް ލިބިފައިވުން (އެކައުންޓިންގ އަދި ހިސާބު މި ދެމާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ) އަދިމަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- މިކުންފުނިން ދެވޭ ޚިދުމަތްތަކަށް މި ކުންފުނީގެ ޓެރިފްއާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ބަލައިގަނެ ރަސީދު ދޫކުރުން. - ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް ނުވަތަ ޗެކްކޮށް ފައިސާ ޖަމާކުރުން - ފައިސާގެ ޑެއިލީ ރިޕޯޓް ނިމޭ ދުވަހުގެ ފައިސާ ޖެހިގެން އަންނަ ދުވަހު ބޭންކަށް ޖަމާކުރެވޭގޮތަށް ލިޔުންތައް ނިންމުން. - ކްރެޑިޓްގެ ގޮތުގައި ވެރިން ހުއްދަދީފައިވާ ފަރާތްތަކަށް ކްރެޑިޓްގެ ޚިދުމަތްދޭ ލިޔެކިޔުންތަކަށް ބިލް ހެދުން. - ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް އެކްޕެކަށް އެންޓަރ ކުރުން |
މަސައްކަތްކުރަންޖެހޭ ވަގުތު: |
ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު) |
މަސައްކަތްކުރަންޖެހޭ ތަން : |
ފައިނޭންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
ސުންގަޑި: |
29 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން. |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި: |
މަޤާމަށް އެދިހުށަހަޅާ ފޯމް ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް |
ހުށަހަޅަންޖެހޭ އޮފީސް: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected] |
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ. |