ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން
މިސްކޫލްގެ ނަމްބަރ ( 12 އޮކްޓޯބަރ 2017 ) GS-65-A/2017/22 އިޢުލާންއާއި ގުޅިގެން އެއްފަރާތަކުން މަޢުލޫމާތު ސާފްކުރުމަށް ހާޟިރުވެފައިވާތީ ، އިޢުލާން ބާތިލްކޮށް 2018 ވަނަ އަހަރު، ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
01 ނޮވެމްބަރ 2017 |
ބުދަ |
9:00 |
އަންދާސީހިސާބު ހުށަހެޅުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
05 ނޮވެމްބަރ 2017 |
އާދިއްތަ |
9:00 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށް ކުރިމަތިއްލައްވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ (ސެކިއުރިޓީ ބެލެހެއްޓުމަށް ރަޖިސްޓްރީ) ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
03 ޞަފަރު 1439
23 އޮކްޓޯބަރ 2017