ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މަގުބައްތި އަދި ކޭބަލް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)266/266/2017/65 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް ގަތުމަށް ބޭނުންވެއްޖެއެވެ. 

ވީމާ މިތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މިއިދާރާއަށް ވަޑައިގެން

މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މައުލޫމާތު ސާފުކުރުން – 29 އޮކްޓޯބަރ  2017 ވާ އާދީއްތަ ދުވަހުގެ 13:00

      އަންދާސީ ހިސާބު ހުށަހެޅުން – 05 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ ޤާނޫނު ނަމްބަރ 18/2014ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި

ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ

ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބު ކަމުގައި ވެސް ދަންނަވަމެވެ.

23 އޮކްޓޫބަރު 2017
ހޯދާ