ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑަނަ ފިހާރައިގައިހުރި ހަރުމުދާ ވިއްކާލުން.

ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރައިގެ ވިޔަފާރިން ގެއްލުންވެ ވިޔަފާރި ހުއްޓާލުމަށްފަހު 

އެތަނުގައިހުރި ވިޔަފާރި މުދަލާއި ހަރުމުދާ ވިއްކާލުމަށް 2 ފަހަރު އިޢުލާނުކުރުމުންވެސް މުދާ ގަންނާނެ ފަރާތެއްވަނީ ނުވެފައެވެ. ވުމާއެކު އެތަނުގައިހުރި ހަރުމުދާ ވަކިން ވިއްކާލުމަށް ނިންމައިފީމެވެ. މުދާ ވިއްކަން ނިންމާފައިވަނީ މުދާ ގަތްއަގަށް ނާލާއި މަޖޫރީ ލުމުން ޖެހޭ އަގަށެވެ. އެ މުދާ ވިއްކުމަށްޓަކައި އައްޑަނަ ފިހާރަ ހުޅުވާފައި ބަހައްޓާނީ ތިރީގައި ދަންނަވާފައިވާ ދުވަސްތަކުގައި ދަންނަވާފައިވާ ގަޑިތަކުގައެވެ.

  1. 2017 އޮކްޓޫބަރު 22 އިން 30 ގެނިޔަލަށް ކޮންމެ ރެއަކު 8:00 އިން 10:00 އަށް.
  2. 2017 ނޮވެންބަރު 1 އިން 5 ގެ ނިޔަލަށް ކޮންމެ ރެއަކު 8:00 އިން 10:00 އަށް.

ވީމާ އައްޑަނަ ފިހާރައިގައިހުރި ހަރުމުދާ ބައްލަވައިގަންނަވަން ބޭނުންފުޅުވެލައްވާ ބޭފުޅުން މަތީގައިދަންނަވާފައިވާ ތާރީޚުގައި ދަންނަވާފައިވާ ގަޑިތަކުގައި ފިހާރައަށް ވަޑައިގެން މުދާ ބައްލަވައިގަތުން އެދެމެވެ.

ވިއްކާލަން ނިންމާފައިވާ ހަރުމުދަލާއި އަގު އެނގިވަޑައިގަންނަވާނޭ ލިސްޓް މި އިޢުލާނާއެކުގައި ޢާއްމުކޮށްފައި އެވަނީއެވެ. 

21 އޮކްޓޫބަރު 2017
ހޯދާ