ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނ.ކެނދިކުޅުދޫގެ (ކެނދިކޮޅު އަވަށު ''ރޮބިންސް '' ގޭގެ އިރުން އޮންނަ ހުސްގޯތިގަޔާއި ކުޅުދޫ އަވަށު '' ޒުވާނުންގެ ދިރުން '' ޖަމްޢިއްޔާގެ ގޯތީގެ ހުޅަނގުން އޮންނަ ހުސްބިމިގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 (ނ،ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
- މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 31 އޮކްޓޫބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ (ކޮންފަރެންސް ހޯލް) ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 14 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.
ހ. '' (ރަށުގެ ނަން)ގެ (ކަޅުހަން ބަހައްޓަން ބޭނުންވާ ސަރަހައްދުގެ ނަން) ގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ''
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
02 ޞަފަރު 1439
22 އޮކްޓޫބަރ 2017
ޞަފްވަތު އަޙުމަދު
ކައުންސިލްގެ ރައީސް