ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަމަބަރ: (IUL)239-AHRI/1/2017/2 އިއުލާނަށް އެކަށީގެންވާވަރަށް އިޖާބަ ދީފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން " ކޮޅުމަޑުލު ޓްރެއިނިންގ ސެންޓަރ 2 " ކުއްޔަށް ދިނުމަށް އިއުލާން ކުރަމެވެ.
ވީމާ، ކިޔަވައިދިނުމުގެ ކޯސްތައް ހިންގުމަށް " ޓްރެއިނިންގ ސެންޓަރ 2 " ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑީގައި ބިޑް ހުށަހެޅުއްވުންއެދެމެވެ. މަޢުލޫމާތު ސާފުކުރައްވާނެ ގަޑިއާއި އަދި ބިޑް ހުށަހަޅުއްވާނެ ގަޑީ ތިރީގައި އެވަނީއެވެ.
ރަށުން ބޭރުގެ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7909242 ނަމްބަރަށެވެ. ކަނޑައަޅުއްވާ މެއިލްއަކަށް މަޢުލޫމާތު މެއިލްކުރެވޭނެއެވެ. ރަށުން ބޭރު ފަރާތްތަކަށް މެއިލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެއެވެ. ހުށަހަޅުއްވާނީ [email protected] މެއިލްއަށެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުން |
25 އޮކްޓޫބަރ 2017 ބުދަ |
11:00 |
ބިޑް ހުށަހެޅުން |
29 އޮކްޓޫބަރ 2017 އާދީއްތަ |
11:00 |
02 ޞަފަރު 1439
22 އޮކްޓޯބަރ 2017
ރިޟުވާން ޢަބްދުﷲ
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ރައީސް