ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2013/SC-C/42 ޤަޟިއްޔާ (2013 އޮކްޓޯބަރ 7) ގެ ޙުކުމާ ގުޅިގެން 2013 ނޮވެމްބަރ 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުން ވޯޓުލުމަށްޓަކައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުގެ ވޯކްޝޮޕް އޭރިއާގައި ބަހައްޓާ ވޯޓުފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ ނޯތް ހާބަރ (އުތުރު ބަނދަރު) ގައެވެ. އެހެންކަމުން މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
މާލެ، ނޯތް ހާބަރ (އުތުރު ބަނދަރު) ބޮޑުތަކުރުފާނުމަގުން ވަންނައިރު 2 ނަންބަރު ހޯލުގައި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން ދަފްތަރު ނަންބަރު 5,007 އިން ފެށިގެން 5,821 އަށް، 9,598 އިން ފެށިގެން 9,686 އަށް، 6,944 އިން ފެށިގެން 8,146 އަދި 9,776 އިން ފެށިގެން 9,864 އާ ދެމެދުގައި ހިމެނޭ މީހުންނެވެ. |
ވިލިމާފަންނު - 6 |
T11.1.6 |
50 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
26 ޛުލްޙިއްޖާ 1434