ދިވެހިރާއްޖެ
މި މިނިސްޓްރީން 2017 އޮކްޓޯބަރ 12 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-AS7/138/2017/84 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ގދ. ހޯޑެއްދޫ ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށްޝަރުޠު ހަމަވެ އެތަންތަން ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ފައިނަލް ލިސްޓް ޢާންމުކުރިއިރު، ދެމަފިރިންގެ މަޢުލޫމާތުގެ މައްސަލައެއް އޮތްކަން ފާހަގަކުރެވިފައިވާތީ، އެކަން އިޞްލާޙްކޮށް، އަލުން ފައިނަލް ލިސްޓް ޢާންމުކުރުމުގެ ގޮތުން އިޢުލާންކުރީމެވެ.
އިޞްލާޙް ކުރެވިފައިވާ ފައިނަލް ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި ގދ. ހޯޑެއްދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައާއި އަދި ގދ. ހޯޑެއްދޫގައި ސަރުކާރުގެ އިޢުލާން ފަދަ ތަކެތި އިޢުލާންކުރުމަށް ބަހައްޓާ ތަންތަނުގައި ބެހެއްޓިފައި ހުންނާނެއެވެ.